Friday, January 23, 2009

ހަތަރު ގަވާއިދު

ހަތަރު ގަވާއިދު

القواعد الأربع

للشيخ محمد بن عبد الوهاب

ޝެއިޙުލް އިސްލާމް މުޙައްމަދު ބުން ޢަބްދުލް ވައްހާބު




ރަޙްމާންވަންތަ ރަޙީމްވަންތަ ﷲގެ އިސްމުފުޅުން ފަށަމެވެ.

އަހަރެން، އެންމެ ކީރިތިވަންތަ އިލާހު އަދި މަތިވެރިވެގެންވާ އަރްޝީގެ ރައްބު، ﷲގެ ހަޟްރަތުން އެދެނީ ތިބާ، މިދުނިޔެއާއި، އާޚިރަތުގައި ރައްކާތެރި ކުރެއްވުމަށެވެ. އަދި، ތިބާވާ ކޮންމެ ތަނެއްގައި ތިބާއަށް ބަރަކާތް ލެއްވުމަށެވެ. އަދި ތިބާއަށް ދެއްވުމުން ޝުކުރުވެރިވާ މީހުންގެ ތެރޭގައި ލެއްވުމަށެވެ. އަދި އިމްތިހާން ކުރެއްވުމުން ކެތްތެރިވާ މީހުންގެ ތެރެއިން ލެއްވުމަށެވެ. އަދި ފާފަކުރެވުމުން އިސްތިޢުފާރުކުރާ މީހުންގެ ތެރޭގައި ލެއްވުމަށެވެ. ހަމަކަށަވަރުން އެއީ އުފާވެރިކަމުގެ ތިން އަލާމާތެވެ.

ދަންނާށެވެ. ﷲއަށް ބޯލެނބުމަށް ﷲ ތިބާއަށް މަގުދައްކަވާށިއެވެ. ހަނީފިއްޔާ އަކީ އިބްރާހީމްގެ މިއްލަތެވެ. އެއީ ﷲއަށް އަޅުކަންކުރުމާއެކީ ދީން ހަމައެކަނި ﷲއަށް ހާލިޞްކުރުމެވެ. އެއިލާހު ވަހީކުރެއްވި ފަދައިންނެވެ.

وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ
}الذاريات:56{

" ތިމަންﷲ ޖިންނީންނާއި އިންސީން ޙަލްޤުކުރެއްވީ ހަމައެކަނި ތިމަން ﷲއަށް އަޅުކަންކުރުމަށެވެ."

ﷲ ތިބާ އުފެއްދެވީ ހަމައެކަނި އެއިލާހަށް އަޅުކަންކުރުމަށްކަން ތިބާއަށް މަޢްރިފާވުމުން (އެނގުމުން) ދަންނާށެވެ. ތައުހީދު (ﷲ އެއްކައުވަންތަކުރުން) އާއި ނުލާ އަޅުކަމަކީ އަޅުކަމެއްކަމުގައި ނުބެލޭނެއެވެ. ތަހާރަތާއި ނުލާ ނަމާދަކީ ނަމާދެއްކަމަށް ނުބެލޭގޮތަށެވެ. އެހެންކަމުން އަޅުކަމުގެ ތެރެއަށް ޝިރްކު ވަދެއްޖެނަމަ، އެ އަޅުކަން ފަސާދަވެއެވެ. ހަދަޘްވެރިވުމުން ތަހާރަތު ފަސާދަވާ ފަދައިންނެވެ.

އަދި އެހެންމެ ޝިރްކު އަޅުކަމުގެ ތެރެއަށް ވަނުމުން، އެ ފަސާދަވާގޮތަށް ހުރިހާ އަމަލުތައް ބާތިލްވެ އަދި އެކަންކުރާ މީހާ ނަރަކާގައި އަބަދުގެ އަބަދަށް ދެމި އޮންނާނެކަން ތިބާއަށް މަޢްރިފާވުމުން ތިބާގެ މައްޗަށް އެންމެ މުހިންމު ވާޖިބު ކަންތައް އެނގޭނެއެވެ. އެއީ ﷲ ތައާލާ ތިބާ ﷲ އަށް ޝަރީކުކުރުމުން ސަލާމަށް ކުރައްވާނެކަމަށްޓަކައެވެ. ﷲ ތައާލާ ވަހީކުރެއްވި ފަދައިންނެވެ.

إِنَّ اللّهَ لاَ يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَن يَشَاءُ }النساء: 116{

"ހަމަކަށަވަރުން ﷲއަށް ޝަރީކުކުރުމުގެ ފާފަ އެއިލާހު ނުފުއްސަވައެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ."

އަދި މަޢްރިފާގައި އެކުލެވިގެންވަނީ ﷲ ތައާލާ، އެއިލާހުގެ ފޮތުގައި ލައްވާފައިވާ ހަތަރު ގަވާއިދެވެ.

ފުރަތަމަ ގަވާއިދު:

އެއީ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އެބަޔަކާއި ހަނގުރާމަ ކުރެއްވި ކާފިރުން ﷲ ތައާލާއީ ތިމަންމެންގެ ޙާލިޤުކަމާއި، ތިމަންމެންގެ ކަންތައް ތަދުބީރު ކުރައްވާ ފަރާތްކަން ޤަބޫލުކުރި ކަމުގައި ވީނަމަވެސް، އެ ޤަބޫލުކުރުމުގެ ސަބަބުން އެމީހުން އިސްލާމްގެ ތެރެއަށް ނުވަންނަކަން ދެނެގަތުމެވެ.

މިކަމުގެ ދަލީލަކީ:

قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالأَرْضِ أَمَّن يَمْلِكُ السَّمْعَ والأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيَّتَ مِنَ الْحَيِّ وَمَن يُدَبِّرُ الأَمْرَ فَسَيَقُولُونَ اللّهُ فَقُلْ أَفَلاَ تَتَّقُونَ }يونس: 31{.

"ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުންނަށް އުޑުންނާއި ބިމުން ރިޒްޤު ދެނީ ކާކު ހެއްޔެވެ؟ އަދި ކީއްހޭ، (ތިޔަބައިމީހުންނަށް) އިވުމާއި ފެނުން ހައްދަވައި ދެއްވީ ކާކު ހެއްޔެވެ؟ މަރުވެފައިވާ ތަކެތިން ދިރޭތަކެތި ނެރުއްވާ، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކު ހެއްޔެވެ؟ އަދި ( ޙަލްޤުތަކުންގެ) ކަންތައްތައް ތަދުބީރުކުރައްވަނީ ކާކު ހެއްޔެވެ؟ އެމީހުން (އެބަހީ މުޝްރިކުން ) ޖަވާބުގައި ބުނާނެތެވެ. އެއީ ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ، ތިޔަބައިމީހުން އެއިލާހަށް ތަޤްވާވެރި ނުވަނީ ހެއްޔެވެ؟

ދެވަނަ ގަވާއިދު:

އެބައިމީހުން (މުޝްރިކުން) ބުނާކަމުގައި ވިއެވެ.

"ތިމަންމެން އެބައިމީހުންނަށް ދުޢާކުރަނީ ﷲއާ ކުއްތަންވުމަށާއި ޝަފާއަށްވުމަށެވެ"

އެހެންކަމުން ﷲއާ ކުއްތަން ވުމުގެގޮތުން (ވަލީވެރިންނަށް) ދުޢާކުރުމާއި ދެކޮޅަށް ހުރި ދަލީލަކީ އެއިލާހުގެ ބަސްފުޅެވެ.

وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَآء مَا نَعْبُدُهُمْ إِلاَّ لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لاَ يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ }الزمر: 3{

"އެއިލާހު ފިޔަވައި އެހެން ފަރާތްތައް އައުލިއާއިންކަމުގައި ބަލާ ފަރާތްތައް ބުނެއެވެ. ﷲއަށް ކުއްތަންކޮށް ދިނުމަށް މެނުވީ ތިމަންމެން އެތަކެއްޗަށް އަޅުކަން ނުކުރަމެވެ. ހަމަކަށަވަރުން އެބައިމީހުން އެކަމާމެދު ހިލާފުވެގެން އެއުޅޭ ކަންތައްތަކާ ދޭތެރޭގައި ﷲ އެމީހުންގެ މެދުގައި ހުކުމް ކުރައްވާނެތެވެ. ފަހެ، ދޮގުހަދާ ކާފިރަކަށް ﷲ ހިދާޔަތެއް ނުދައްކަވާނެއެވެ. "

އަދި އައުލިޔާއިން މެދުވެރިކޮށްގެން ﷲއަށް ޝަފާއަށްތެރިވުމާއި، ދެކޮޅަށް ހުރި ދަލީލަކީ ﷲ ތައާލާގެ ބަސްފުޅެވެ.

وَيَعْبُدُونَ مِن دُونِ اللّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـؤُلاء شُفَعَاؤُنَا عِندَ اللّهِ }يونس: 18{.

" އެބައިމީހުން ﷲ ފިޔަވައި އަޅުކަންކުރަނީ އެބައިމީހުންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެމީހުންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެމީހުން ބުނެއެވެ. މިއީ ﷲއާ ތިމަންމެންނަށް ޝަފާޢަށްތެރިވާނޭ ތަކެއްޗެވެ.

އަދި ޝަފާޢަށްތެރިވުންވަނީ ދެގޮތަކަށެވެ. ޙަރާމް ޝަފާޢަތަކާއި ހުއްދަ ޝަފާޢަތެކެވެ.

ޙަރާމް ޝަފާޢަތަކީ ﷲ އަށް އެކަނި މިންވަރުކުރެއްވޭނޭ ކަމެއް އެހެން ފަރާތްތަކުން އެދުމެވެ. މިކަމުގެ ދަލީލަކީ ﷲ ތައާލާގެ ބަސްފުޅެވެ.

يَا أَيُّهَا الَّذِينَ آمَنُواْ أَنفِقُواْ مِمَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ يَوْمٌ لاَّ بَيْعٌ فِيهِ وَلاَ خُلَّةٌ وَلاَ شَفَاعَةٌ وَالْكَافِرُونَ هُمُ الظَّالِمُونَ }البقرة: 254{.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިމަން ﷲ ތިޔަބައިމީހުންނަށް ދެއްވާފައިވާ ތަކެތިން ހޭދަކޮށް އުޅޭނެއެވެ. އެދުވަހުން އެއްވެސް ވިޔަފާރީގެ މުއާމަލާތެއް، ނުވަތަ، އެއްވެސް ރައްޓެހިކަމެއް، އަދި ޝަފާޢަށްތެރިވުމެއް ނޯންނާނޭ ދުވަސް އައުމުގެ ކުރީގައެވެ. އަދި، ކާފިރުތަކުން، (ދަންނައެ) އަނިޔާވެރިންނަކީ އެއީއެވެ."

އަދި ހުއްދަ ޝަފާޢަތަކީ ﷲގެ އިޒްނަފުޅާއެކު އެ ޝަފާޢަށްތެރިވުމުގައި ޝަފާޢަށްތެރިވާ ފަރާތުގެ ޝަފާޢަތުގެ ސަބަބުން އެމީހެއްގެ އިއްޒަތް މަތިވެރިވެ، އަދި އެޝަފާޢަށްތެރިވެވޭ މީހާއަކީ އެމީހެއްގެ އަމަލާއި ބަސް ﷲ ރުހިވޮޑިގަންނަވާ މީހެއްކަމުގައި ވުމެވެ.

ﷲ ތައާލާ ވަހީކުރެއްވި ފަދައިންނެވެ.

مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ }البقرة: 255{.

"އެއިލާހުގެ އިޒުނަފުޅާނުލާ ޝަފާޢަށްތެރިވެވޭނީ ފަހެ ކާކަށް ހެއްޔެވެ؟"

ތިންވަނަ ގަވާއިދު:

އަޅުކަންކުރުމުގައި ޚިލާފުވެފައިވާ މީސްތަކުންނާއި ނަބިއްޔާ ސައްލައްﷲ އަލައިހި ވަސައްލަމްއާ ބައްދަލުވިއެވެ. އަދި އެބައިމީހުންގެ ތެރޭގައި މަލާއިކަތުންނަށް އަޅުކަންކުރާ ބަޔަކާއި، ނަބިއްޔުންނާ ސާލިހުންނަށް އަޅުކަންކުރާ ބަޔަކާއި އަދި ގަލާއި ގަސްގަހަށާއި އިރާއި އަދި ހަނދަށް އަޅުކަންކުރާ ބަޔަކުވިއެވެ. އެހެނެއްކަމަކު އެބައިމީހުންގެ މެދުގައި ފަރަގުނުކޮށް ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް އެންމެންނާ ހަނގުރާމަކުރެއްވިއެވެ.

މިކަމުގެ ދަލީލަކީ ﷲ ތައާލާގެ ބަސްފުޅެވެ.

وَقَاتِلُوهُمْ حَتَّى لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلّه }الأنفال: 39{.

"އިތުރު ފިތުނަ (ﷲއަށް ޝަރީކުކުރުން ) ނެތިއުމަށް ދާންދެން، އަދި ދީން ﷲ އަށް ހާލިޞް ވެއްޖެއުމަށް ދާންދެން ތިޔަބައިމީހުން އެބައިމީހުންނާ ހަނގުރާމަކުރާށެވެ."

އިރާއި ހަނދަށް މީހުން އަޅުކަންކުރާކަމުގެ ދަލީލަކީ ﷲ ތައާލާގެ ބަސްފުޅެވެ.

وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لاَ تَسْجُدُوا لِلشَّمْسِ وَلاَ لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ }فصلت: 37{

"އަދި އެއިލާހުގެ އާޔަށްތަކުގެ ތެރެއިން ރޭގަނޑާއި، ދުވާލާއި އިރާއި ހަނދުވެއެވެ. ތިޔަބައިމީހުން އިރާއި ހަނދަށް ސަޖިދަ ނުޖަހާށެވެ."

މަލާއިކަތުންނަށް އަޅުކަންކުރާކަމުގެ ދަލީލަކީ ﷲ ތައާލާގެ ބަސްފުޅެވެ.

وَلاَ يَأْمُرَكُمْ أَن تَتَّخِذُواْ الْمَلاَئِكَةَ وَالنِّبِيِّيْنَ أَرْبَاباً... }آل عمران: 80{

" އަދި މަލާއިކަތުންނާއި ނަބިއްޔުން އެއީ އިލާހުންތަކެއްކަމުގައި ހެދުމަކަށްވެސް ތިޔަބައިމީހުންނަށް އަމުރެއް ނުކުރާނެއެވެ."

އަދި ނަބިއްޔުންނަށް އަޅުކަންކުރާކަމުގެ ދަލީލަކީ ﷲ ތައާލާގެ ބަސްފުޅެވެ.

وَإِذْ قَالَ اللّهُ يَا عِيسَى ابْنَ مَرْيَمَ ءَأَنتَ قُلتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـهَيْنِ مِن دُونِ اللّهِ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ إِنْ كُنْتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ }المائدة: 116{.

"އަދި ﷲ ވަހީކުރައްވާނޭ ހިނދު (ޤިޔާމަށްދުވަހުން)، ހަނދުމަކުރާށެވެ. އޭ ޢީސާ އިބްން މަރިޔަމްއެވެ. ﷲ ފިޔަވައި، ތިމަންނާއީ، ތިމަންގެ މައިކަނބަލުންނީ ދެ އިލާހުން ކަމުގައި ތިޔަބައިމީހުން ހިފާށޭ، ކަލޭގެފާނު މީސްތަކުންނަށް ވިދާޅުވީމުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. ސުބްހާނަﷲ. ތިމަންކަލޭގެފާނު ބުނުމުގެ ހައްޤު ލިބިގެންނުވާ ބަހެއް ބުނުން، ތިމަންކަލޭގެފާނަކަށް ނުވެއެވެ. ތިމަންކަލޭގެފާނު، އެބަސް ބުނިނަމަ، އިބަ ﷲ އެކަން ދެނެވޮޑިގެންވާނޭކަން ކަށަވަރެވެ. ތިމަންކަލޭގެފާނުގެ ހިތުގައިވާ ކަންތައްތައްވެސް އިބަ ﷲ ދެނެވޮޑިގެންވަމުއެވެ. އިބަ ﷲގެ އިރާދަފުޅުގައިވާ ކަންތައްތައް ތިމަންކަލޭގެފާނަކަށް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން އިބަ ﷲއީ ޣައިބުތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."

ގާގަލަށާއި ގަސްގަހާއި ގެއްސަށް އަޅުކަންކުރާކަމުގެ ދަލީލަކީ ﷲ ތައާލާގެ ބަސްފުޅެވެ.

أَفَرَأَيْتُمُ اللاَّتَ وَالْعُزَّى * وَمَنَاةَ الثَّالِثَةَ الأُخْرَى }النجم: 91، 20{.

"ފަހެ، ލާތައާއި އުއްޒާއާއި މެދު ތިޔަބައިމީހުން ވިސްނާ ބެލީމުހެއްޔެވެ؟ އަދި މަނާތައޭ ކިޔުނު އަނެއް ތިންވަނަ ބުދާ މެދުގައިވެސް މެއެވެ."

އަދި އަބޫ ވާގިދު އައްލައިޘީ (ރަޟިﷲ އަންހު) ރިވާކުރެއްވި ހަދީޘެވެ.

"އަހުރެން ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމްއާ އެކުގައި ޙުނައިންއަށް ދިޔައީމެވެ. އެއީ އެއިރު އަހަރުމެން ކުފުރު ދޫކުރިތާ މާގިނަ ދުވަސް ނުވެއެވެ. މުޝްރިކުން ޛާތު އަންވާތު އޭ ކިޔުނު ގަހަކަށް އަޅުކަންކުރަމުން އޭގައި އެމީހުންގެ ހަތިޔާރުތައް ބަހައްޓައެވެ. އަހަރުމެން ގަހެއްގެ ކައިރިން ދަމުން ދެންނެވީމެވެ. އޭ ﷲގެ ރަސޫލުއެވެ. އެމީހުންނަށް ޛާތު އަންވާތުވާ ފަދައިން އަހަރުމެންނަށްވެސް ޛާތު އަންވާތެއް ދެއްވާށެވެ. އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ. ﷲ އަކްބަރު. ﷲ އަކްބަރު. ﷲ އަކްބަރު! ތިމަންކަލޭގެފާނުގެ ނަފްސު އެއިލާހުގެ އަތުގައިވާ ފަރާތް ގަންދީ ބުނަމެވެ. މިއީ އެގޮތްތަކެވެ. ތިއީ ބަނީއިސްރާއީލް ބާގައިގެ މީހުން މޫސާއަށް ބުނި ބަހެވެ.

اجْعَل لَّنَا إِلَـهًا كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ

"އެއުރެންނަށް އިލާހުންތަކެއްވާ ފަދައިން، ތިމަންމެންނަށްވެސް އިލާހުންތަކެއް ލައްވާދޭށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނީ ޖާހިލުންތަކެކެވެ." {ސޫރަތުލް އަޢުރާފް}

ހަތަރުވަނަ ގަވާއިދު:

އަހަރުމެންގެ ދުވަސްވަރުގެ މުޝްރިކުންގެ ޝިރްކު ކުރިން އައި މުޝްރިކުންގެ ޝިރްކުގެ ނުބައިކަމަށްވުރެ ނުބައިކަން ބޮޑެވެ. އެހެނީ، ކުރިން އައި މުޝްރިކުން، އެމީހުން ޝިރްކުކުރަނީ ހަމައެކަނި އެމީހުން ހެޔޮހާލުގައި އުޅޭއިރު އެކަނިއެވެ. އަދި ދަތި ހާލުގައި އުޅޭއިރު އެމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރި ކަމުގައިވިއެވެ. މިކަމުގެ ދަލީލަކީ ﷲ ތައާލާގެ ބަސްފުޅެވެ.

فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ }العنكبوت: 65{

"ފަހެ، އެމީހުން ނަވަށް އެރި ހިނދު، ﷲއަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި އެމީހުން ﷲއަށް ދުޢާކުރެއެވެ. ފަހެ، އެއިލާހު އެމީހުން ސަލާމަށްކުރައްވައި އެއްގަމަށް ގެންނެވި ހިނދު އެމީހުން އެއިލާހަށް ޝަރީކުކުރެއެވެ."



تَمَّتْ وَصَلَّى اللهُ عَلَى مُحَمَّدٍ وعلى َآلِهِ وَصَحْبِهِ وَسَلَّمَ